ޓީޗަރުން ނުލިބޭތީ ހެދި ދިރާސާއާ ގުޅޭގޮތުން ރައީސާ މަަޝްވަރާ ކޮށްފި
ތައުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާކުރުމަށްޓަކައި އެކުލަވާލާފައިވާ ރިސާޗް ގްރޫޕަށް ފާހަގަކުރެވުނު ކަންތައްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރައްވައިފިއެވެ. ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ދިރާސާއަކީ ތައުލީމީ ދާއިރާއަށް ސަރުކާރުން ދޭ އިސްކަމުގެ ތެރެއިން ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގައި ތިބޭ މުދައްރިސުންނަށް ދިމާވެފައިވާ މައްސަލަތަކާއި ދަތިތައް އޮޅުންފިލުވައި، ދަރިވަރުންނަށް ފޯރުކޮށްދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަށް އަމާޒުކޮށް ކުރެވޭ ވަރަށް މުހިންމު ދިރާސާއެއް ކަމަށް…