އިތުރު ދައުރަކަށް އުރީދޫގެ ޑިރެކްޓަރުންގެ ބޯޑަށް ފަރީހާ އިންތިހާބުކޮށްފި
އާންމު ހިއްސާދާރުންގެ ތެރެއިން އުރީދޫގެ ބޯޑަށް ފަރީހާ ޝަރީފް އިންތިހާބުކޮށްފިއެވެ. އެ މަގާމަށް ފަރީހާ އިންތިހާބުކޮށްފައިވަނީ ކްރޮސްރޯޑްސް މެރީނާގައި ރޭ ބޭއްވި އުރީދޫގެ އަހަރީ އާންމު ޖަލްސާގައެވެ. ފަރީހާއަކީ 2020 ވަނަ އަހަރުވެސް އެ މަގާމަށް އިންތިހާބުކުރި ހިއްސާދާރެވެ. އެ ޖަލްސާގައި އަމިއްލަ ގޮތުން 101 ހިއްސާދާރެއްގެ އިތުރުން ޕްރޮކްސީގެ ގޮތުގައި 1101 ހިއްސާދާރުން ބައިވެރިވިއެވެ. އެއީ ޖުމުލަ 135,970,377 ހިއްސާއެވެ. ޖަލްސާގައި ބައިވެރިވީ އުރީދޫގެ 92 ޕަސެންޓް ހިއްސާދާރުންނެވެ. ޑިރެކްޓަރުންގެ ބޯޑަށް ފަރީހާއާ ވާދަކޮށްފައިވަނީ 2020…