ސުޕްރީމް ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި އިބްރާ ހައިކޯޓަށް
ސުޕްރީމް ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި އިބްރާހީމް އިސްމާއީލް (އިބްރާ) ހައިކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ. ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އިބްރާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެކޯޓުގައި ތަޅުއެޅުވުން ކަމަށެވެ. "ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެކޯޓުގައި ތަޅުއެޅުވުމެވެ. ކުއްލި ނުރައްކަލުގެ ހާލަތު މާދަމާ އިއުލާނު ކުރިއަސް، ރައްޔިތުންގެ ހައްގުތައް ގެއްލޭނެއެވެ. ޤއ (ގާނޫނުއަސާސީ) ގެ ބާރު ދިޔައީއެވެ." އިބްރާ ވިދާޅުވި އެވެ. އިބްރާ ވިދާޅުވީ ސިޔާސީ…