ގެއްލިގެން ހޯދަމުންދިޔަ ޢުސައިދު ފެނިއްޖެ
މެލޭޝިއާގައި ގެއްލިގެން ހޯދަމުން ދިޔަ ދިވެހި ރައްޔިތެއް ކަމަށްވާ އަޙްމަދު ޢުސައިދު އިބްރާހީމް އަފީފް ފެނިއްޖެއެވެ. ޢުސައިދު ފެނުނުއިރު ހުރީ މެލޭޝިއާގެ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ނަމަވެސް އޭނާ މެލޭޝިއާގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސަބަބު އަދި އެނގިފައި ނުވެއެވެ. ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ބ. އަތޮޅުގެ ކުރީގެ މެންބަރު އިބްރާހީމް އަފީފްގެ ދަރިފުޅު އުސެއިދު އަކީ މެލޭޝިއާގެ މޮނާޝް ޔުނިވާސިޓީގައި ކިޔަވަމުން ދިޔަ ދަރިވަރެކެވެ. އުސެއިދުގެ ބައްޕަ، އަފީފް ރޭ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި…