ސީއެސްސީގެ ނާއިބު ރައީސް އިސްތިއުފާ ދެއްވައިފި
ސިވިލް ސާވިސް ކޮމިޝަންގެ ނާއިބު ރައީސް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވައިފި އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ އޭނާ ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަމުން ދަނިކޮށެވެ. އިއްޔެ އޮތް ކޮމެޓީ ބައްދަލްވުމުގައި އޭނާ މަގާމުން ވަކިކުރަން ނިންމާ އެކަމުގެ މަސައްކަތް އޮތީ ފަށާފަ އެވެ. ނަމަވެސް އިބްރާހިމްގެ މައްޗަށް ކުރާ ތުހުމަތުތަކެއް ނުބުނެ އެވެ. މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ އިއްޔެގެ ބައްދަލްވުމުގައި އެ ތަފްސީލުތައް ހާމައެއް ވެސް ނުކުރެ އެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ…