ރަމަޟާން މަހުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އެ ޤައުމުތަކުގެ ސަރުކާރުތަކަށާއި ރައްޔިތުންނަށް ފޮނުއްވައިފިއެވެ. އިސްލާމީ ޤައުމުތަކުގެ ވެރިންނަށް އެޑްރެސްކުރައްވައި ރައީސް ޑރ. މުޢިއްޒު ފޮނުއްވި މެސެޖުގައި، ރަމަޟާން މަހަކީ ވިސްނުމާއި އެއްބައިވަންތަކަމުގެ ދުވަސްވަރެއްކަން ފާހަގަކުރައްވައި، މި ރަމަޟާން މަހު އެކުވެރިކަމުގެ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ. މީގެ އިތުރުން އެމަނިކުފާނުގެ މެސެޖުގައި ވަނީ މި ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް ހަމަޖެހުމާއި،…