ހާފިޒު ސަނަދު ލެވެލް 4 ގެ ގޮތުގައި ބަލައިގަންނަން ނިންމައިފި
ހާފިޒުކަމުގެ ސަނަދު އެމްއެންކިއުއެފް ލެވަލް ހަތަރެއްގެ ސަނަދެއްގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން އިއުލާން ކޮށްފިއެވެ. މިކަމާ ގުޅޭގޮތުން އެމްކިޔުއޭއިން ނެރުނު އިއުލާނުގައި، ހާފިޒުކަމުގެ ސަނަދު ލެވަލް ހަތަރެއްގެ ސަނަދެއްގެ ގޮތުގައި ބަލައިގަންނާނީ ދެ ޝަރުތެއް ފުރިހަމަވެގެން ކަމަށް ބަޔާންކޮށްފައިވެއެވެ. އެއީ، ލޯވާ ސެކަންޑަރީ ސެޓްފިކެޓް ފުރިހަމަކޮށްފައިވުމާއެކު މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯކް (އެމްއެންކިއުއެފް) ލެވެލް ތިނެއްގެ ކޮލިފިކޭޝަނެއް ހާސިލުކޮށްފައިވުން، ނުވަތަ 18 އަހަރު ފުރިހަމަވުމާއެކު އެއް އަހަރު ދުވަހުގެ…