ބިދޭސީއެއްގެ އަތުން 530،000 ރުފިޔާ ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ: ފުލުހުން
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު ދިރިއުޅޭ ގެއިން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށާ ބިދޭސީންގެ އަތުން އިމިގްރޭޝަންގެ ބައެއް މުވައްޒިފުން މަސައްކަތް ފައިސާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން އެކަން ހާމަކޮށްފައިވަނީ ދެންމެ ނެރުނު ނޫސްބަޔާނެއްގަ އެވެ. ފުލުހުން ބުނީ، މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، ބިދޭސީން ހޯދައި ޑިޓެންޝަން ސެންޓަރަށް…