މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް އަރީޝް އިންތިހާބު ކޮށްފި
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ އެމްޑީޕީ ކައުންސިލް މެންބަރު މުހައްމަދު އަރީޝް އިންތިހާބު ކޮށްފި އެވެ. ކައުންސިލްގެ މިއަދުގެ އާންމު ޖަލްސާގައި ޑެޕިއުޓީ މޭޔަރު ކަމަށް ޝައުގުވެރިކަން ފާޅުކުރެއްވުމަށް މޭޔަރު އާދަމް އާޒިމް ހުޅުވާލެއްވުމުން، ނަން ހުށަހެޅުއްވީ އަރީޝް އެކަންޏެވެ. އެހެންކަމުން، އަރީޝް އެ މަގާމަށް އިންތިޚާބު ކުރުމަށް ފެންނަ ނުފެންނަ ސިއްރު ވޯޓެއް ނަގާފައިވާއިރު، ވޯޓުގައި ބައިވެރިވެވަޑައިގަތް 16 ކައުންސިލް މެންބަރުން ވެސް ވޯޓު ދެއްވީ އަރީޝް…