ސިޔާސީ ބޭނުމަށްޓަކައި ބޯހިޔާވަހިކަމުގެ ވާހަކަ ދައްކާ މީހުން އެބަތިބި: ރައީސް
މާލެ ސަރަހައްދަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަމަށާއި އެހެންނަމަވެސް ސިޔާސީ ބޭނުމަކަށްޓަކައި ބޯހިޔާވަހިކަމުގެ ވާހަކަ ދައްކާ މީހުންވެސް އެބަ އުޅޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.