މެލޭޝިޔާ ލޮކްޑައުންގެ މުއްދަތު އިތުރު ދެހަފްތާއަށް ދަންމާލައިފި
ކޮވިޑް-19 ގެ ސަބަބުން މެލޭޝިޔާގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު ދެހަފްތާއަށް ދަންމާލަން އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
ކޮވިޑް-19 ގެ ސަބަބުން މެލޭޝިޔާގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު ދެހަފްތާއަށް ދަންމާލަން އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
އިޒްރާއީލުން އަނެއްކާވެސް ފަލަސްތީނުގެ ގާޒާއަށް ބޮމުގެ ހަމަލާތައް ދޭން ފަށައިފި އެވެ.
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ބަދަލުވެ ނަފްތާލީ ބެނެޓް އިޒްރާއީލުގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑަގެންނެވުމަކުން ފަލަސްތީނަށް ހަމަޖެހުން ނުލިބޭނެ ކަމަށާއި ގާޒާގެ ރައްޔިތުންނަށް ދޭ ލާއިންސާނީ ހަމަލާތައް އިޒްރާއީލުން ހުއްޓައި ނުލާނެ ކަމަށް ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު ޝްތަޔާހް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ގެ ދެވަނަ ރާޅެއް އިންޑިއާގައި ނަގައި މުޅި ގައުމު ބަންދުކޮށްފައި އޮތުމަށްފަހު ލުއިތަކެއް ދެމުން ދާއިރު ތާޖް މަހަލް މާދަމާ ހުޅުވާލަން ނިންމައިފި އެވެ.
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންގެ މޫނު މަތީގައި ޖެހި މީހަކު ހަތަރު މަހަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.
ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޗައިނާގައި އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވްވީ 35 މީހުން ކަމަށް ރިޕޯޓުކޮށްފި އެވެ. މިބަލި ޖެހިގެން އިއްޔެ އެގައުމުން އެއްވެސް މީހަކު މަރުވެފައި ނުވާއިރު، އިއްޔެ ރެކޯޑު ކުރި ކޭސްތަކުގެ ތެރެއިން ގައުމުގެ އެތެރެއިން ޕޮޒިޓިވްވީ 8 މީހުންނެވެ. އަނެއް 27 މީހުންނަކީ އެހެން ގައުމުތަކުން ޗައިނާއަށް އެތެރެވި މީހުންގެ ތެރެއިން ޕޮޒިޓިވްވި ކޭސްތަކެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން 27 މީހުންގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ.…
އިއްޔެވެސް އިންޑިއާއިން 91،702 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އިއްޔެ އެކަނި ކޮވިޑް-19 ޖެހިގެން އިންޑިއާގައި މަރުވި މީހުންގެ އަދަދު 6،148 އަށް އަރައިފި އެވެ. މިއީ މިހާތަނަށް އެއްގައުމަކުން 24 ގަޑިއިރުގެ ތެރޭގައި ކޮވިޑުގައި އެންމެ ގިނަ މީހުން މަރުވި އަދަދެވެ. އިންޑިއާގެ ހެލްތު މިނިސްޓްރީން ކޮވިޑުގައި މީހުން މަރުވާ އަދަދު އާންމު ކުރިނަމަވެސް މި އަދަދަކީ އެންމެ ސައްހަ އަދަދަށް ނުވެދާނެ ކަމަށް ލަފާކުރެވެ އެވެ. އެއީ މިދިޔަ ބުދަ ދުވަހު ކޮވިޑުގައި މަރުވި މީހުންގެ އަދަދަކީ 5،400 މީހުން ކަމަށް ރިޕޯޓު ކުރިނަމަވެސް…