ގޭބަންދުން ފިލައިގެން ދިޔައީ ޖަވާބު ދޭންޖެހޭ މައްސަލައެއް ނެތުމުން: ރަޝިއާގެ ނޫސްވެރިޔާ
ގޭބަންދުން ފިލައިގެން ދިޔައީ ޖަވާބުދޭން ޖެހޭ މައްސަލައެއް ނެތުމުން ކަމަށާއި އޭނާއަކީ މައުސޫމު މީހެއް ކަމަށް ރަޝިއާގެ ނޫސްވެރިޔާ މެރީނާ އޮވްސިއަނިކޯވާ ބުނެފި އެވެ. މެރީނާ ވަނީ ޔޫކްރޭނުގައި ކުރިއަށް ގެންދާ މޮސްކޯގެ އަސްކަރީ ހަރަކާތްތަކާ ދެކޮޅަށް ލައިވް ޓީވީ ބްރޯޑްކާސްޓެއް މެދުކަނޑާލައި ރަޝިއާގެ ރައީސް ވްލާޑިމީރް ޕޫޓިންއަށް ފާޑުކިޔާ ބޯޑެއް ހިފައިގެން އެގައުމުގެ ސަރުކާރުގެ ވުޒާރާތައް ހިމެނޭ ސަރަހައްދުގައި މިދިޔަ ޖުލައި މަހުގެ ތެރޭގައި އަމިއްލައަށް މުޒާހަރާ ކޮށްފަ އެވެ. އެބޯޑުގައި ޕޫޓިން އަކީ ގާތިލެއް…