އަލިފާނުގެ ހާދިސާ: 7 ގެއަކުން 29 މީހަކު ވަގުތީ ހިޔާއަށް
މިއަދު މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން 7 ގެއަކުން 29 މީހަކު ވަގުތީ ހިޔާއަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ. އެންޑީއެމްއޭ އިން ބުނީ ތިން އިމާރާތެއްގެ 7 ގޭބީސީއަކުން 29 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް މިވަގުތު ކުރަމުންދާ ކަމަށެވެ. މީގެތެރޭގައި ހިމެނެނީ 15 ފިރިހެނުންނާއި 14 އަންހެނުންނެވެ. މީގެ ތެރޭގައި ސިއްޚީ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތެއް ވެސް…