ބިޑް އުސޫލާ ހިލާފަށް ބިން ވިއްކި ވާހަކަ ދޮގުކޮށްފި
ބިޑް އުސޫލާ ހިލާފަށް ހުޅުމާލެއިން ބިން ވިއްކި ވާހަކަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގުކޮށްފި އެވެ. އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލެ އިން ވިއްކުމަށް އިއުލާން ކޮށްފައިވާ ބައެއް ބިންތައް ބީލަމުގެ އުސޫލާ ހިލާފަށް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށް، އެޗްޑީސީގެ އިތުބާރު ގެއްލޭ ގޮތަށް ދޮގު ވާހަކަތައް ފަތުރަމުން އަންނަ ކަމަށެވެ. ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލެ އިން ވިއްކާފައި ވަނީ އާންމުކޮށް އިއުލާންކުރުމާ އެކު، ހުޅުވާލާފައިވާ ބިޑިން ޕްރޮސެސްއެއްގެ ތެރެއިން…