އިންވެސްޓްމެންޓް ފުރުސަތުތަކުގެ މައުލޫމާތު އޮމާންއާ ހިއްސާކޮށްފި
ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކުގެ މައުލޫމާތު ދިވެހި ސަރުކާރުން އޮމާންއާ ހިއްސާކޮށްފި އެވެ. މިކަމާ ގުޅޭ ގޮތުން މަޝްވަރާކުރީ ހާރިޖީ ވަޒީރު އަބްދުﷲ ހަލީލު އޮމާނަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ މާލީ ވަޒީރު ސުލްޠާން ބިން ސާލިމް ބިން ސާއިދު އަލްހަބްސީއާ ބައްދަލުކުރެއްވި ކުރެއްވުމުގަ އެވެ. މިނިސްޓަރު ހަލީލު ވަނީ މި ބައްދަލުވުމުގައި ދިވެހި ސަރުކާރުން ގެންގުޅޭ ތަރައްގީގެ ސިޔާސަތުތަކުގެ އިތުރަށް ރާއްޖޭގައި އިންވެސްޓުކުރަން ހުރި ފުރުސަތުތަކުގެ މައުލޫމާތު އޮމާނުގެ މާލީ ވަޒީރާ ހިއްސާކުރައްވާފަ…