ޑޮލަރު މާރުކުރުން ލާޒިމްކުރާ ބިލް ކޮމިޓީއަށް ފޮނުވައިފި
ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރުން އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ބޭރު ފައިސާއާބެހޭ ބިލު ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ފަލާހެވެ. މަޖިލީހުގައި ނެގުނު ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ ތެރެއިން 51 މެންބަރުން ވަނީ ބިލަށް ތާއީދުކުރައްވާފައެވެ. އަދި ހަތަރު މެންބަރަކު ވަނީ ބިލާ ދެކޮޅަށް ވޯޓު ދެއްވާފައެވެ. މަޖިލީހުން ބިލު ބަލައިގަތުމަށްފަހު ވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައެވެ. ރައީސް މުހައްމަދު…