ފެނަކައިގެ އާ އެމްޑީއަކަށް ނަޖާހު އައްޔަންކޮށްފި
ފެނަކަގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު މިއަދު އައްޔަންކޮށްފި އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފެނަކަގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި އެމްޑީ ކަމަށް ނަޖާހު އައްޔަންކޮށްފައިވާ ކަމަށެވެ. ނަޖާހު ވަނީ 21 އަހަރު ވަންދެން ސިފައިންގޭގައި ހިދުމަތް ކުރައްވައިފަ އެވެ. ނަޖާހު މި މަގާމަށް އައްޔަންކުރީ އެ މަގާމުގައި ހުންނެވި މުހައްމަދު މުއާޒު ރަޝީދު މިއަދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިސްތިއުފާ ދެއްވުމަށް…