ދެކުނު ކޮރެއާގެ ފްލައިޓް ވެއްޓުމާ ގުޅިގެން ރައީސްގެ ތައުޒިޔާ
މުއާން އިންޓަނޭޝަނަލް އެއަޕޯޓަށް ދެކުނު ކޮރެއާގެ މަތިންދާބޯޓެއް ވެއްޓި ހިނގާދިޔަ ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކޮރެއާގެ ވަގުތީ ރައީސް ޗޮއި ސަންގ-މޮކްއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ. ރައީސް ފޮނުއްވި މެސެޖުގައި، މުއާން އިންޓަނޭޝަނަލް އެއާޕޯޓަށް މަތިންދާބޯޓު ވެއްޓި ހިނގާދިޔަ ހިތާމަވެރި ހާދިސާގެ ސަބަބުން އެތައް ބަޔަކު މަރުވި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުންހިތާމައާ އެކުގައި ކަމުގައި ވިދާޅުވެފައިވެ އެވެ. މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ކޮރެއާ ސަރުކާރަށާއި…