4 އޮފީހެއްގެ މަސައްކަތް ދަރުބާރުގޭގައި ކުރިޔަށް ގެންދަން ފަށައިފި
ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ އިމާރާތުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، މިއަދުން ފެށިގެން އެ މިނިސްޓްރީތަކުގެ މަސައްކަތްތައް ދަރުބާރުގޭގައި ކުރިއަށް ގެންދަން ފަށައިފިއެވެ. މި ހާދިސާގައި އަނދައި ހުލިވެފައިވާ އިމާރާތުގައި ކުރިން މަސައްކަތް ކުރަމުން ދިޔަ ހައުސިން މިނިސްޓްރީ، އިންފްރާސްޓްރަކްޗަރ މިނިސްޓްރީ، އެންވަޔަރަމަންޓް މިނިސްޓްރީ އަދި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ މުވައްޒަފުން މިއަދު ވަޒީފާއަށް ނުކުތީ ދަރުބާރުގެއަށެވެ. މިދިޔަ ހަފްތާ ބަންދުގައި ސަރުކާރުގެ މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ…