ހުޅުމާލެއިން ބިން ވިއްކަން އިއުލާންކުރުމުން ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި
ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވައިލުމާއިއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވައިލުމާއިއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ސިޓީ ކައުންސިލްގެ ނިންމުން ބާތިލްކޮށްދިނުމަށް އެދި ސިވިލްކޯޓަށާއި އެލްޖީއޭއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ. ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން ބުނީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ރަޖިސްޓްރީ ބާތިލް ކޮށްފައިވާކަން އަންގާ މާލެ ސިޓީ ކައުންސިލުން ވަނީ އެ ކޯޕަރޭޝަނަށް އަންގާފައި ކަމަށެވެ. އަދި އެ ނިންމެވުމަކީ ދިވެހިޖުމުހޫރިއްޔާގެ ގާނޫނުއަސާސިން ކަށަވަރުކޮށްދީފައިވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގާއި ބިމާބެހޭ ގާނޫނުގެ 24 ވަނަ މާއްދާގެ (ށ) އާއި، ދިވެހިރާއްޖޭގެ އިދާރީ…
ހައުސިންގް ޑެވެލޮޕްމެންޓް ކޯޕަރޭޝަން އަށް މާލެ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ރަޖިސްޓްރީ ބާތިލްކޮށް ހުޅުމާލެ ފޭސް އެކެއް އާއި ފޭސް ދެއެއް ބާރުގެ ދަށަށް ގެންދިއުމުން އެޗްޑީސީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދެއެއް ސިޓީ ކައުންސިލްގެ ބާރުގެ ދަށަށް ގެންދިއުމަކީ ނާތަހުޒީބު އަމަލެއް ކަމަށާއި، މިކަމުން އެ ކޯޕަރޭޝަނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މާލެ ސިޓީ ކައުންސިލްގެ މައްޗަށް ދައުވާ ކުރާނެ ކަމަށެވެ. މާލެ…
އަނެއްކާވެސް ސީލައިފް ފްލެޓް ގަތް މީހުންނަށް "ވިނަރެސް" ފްލެޓް ގަތުމުގެ މުއްދަތު އެޗްޑީސީން އިތުރުކޮށްދީފިއެވެ. ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން ސީލައިފްއިން ފްލެޓް ގަތުމަށް ފައިސާދެއްކި މީހުންނަށް ސަރުކާރުގެ ހައުސިން ޕްރޮޖެކްޓް "ވިނަރެސް"އިން އެޕަރޓްމަންޓް ގަތުމުގެ ފުރުސަތު ހުޅުވާލީ 19 އޮކްޓޫބަރުގައެވެ. ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ޙާވާލުކޮށް 3000 ހައުސިންގ ޔުނިޓްގެ މަޝްރޫޢެއް ސަރުކާރުން އިއުލާންކުރީ 2016ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައެވެ. މިމަޝްރޫއުގެ ދަށުން ފްލެޓް ގަތުމަށް ގިނަ ބަޔަކު އޭރު ފައިސާ ދެއްކި…
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކް ބޭނުންކޮށްގެން އުރީދޫގެ ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުމެއްގައި އެޗްޑީސީ އާއެކު މިއަދު ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އަދި ހާއްސަކޮށް ހިޔާފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އުރީދޫގެ ހިދުމަތްތައް ފަސޭހަ އަދި އަވަސްކަމާއެކު ލިބިގެންދާނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ. އަދި ކުރިމަގުގައި މީގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ގިނަގުނަ އިޖުތިމާއީ އަދި އިގުތިސާދީ ފައިދާތަކާއި ލުއި ފަސޭހަތައް ލިބިގެންދާނެ…
ހުޅުމާލެ ފޭސް 1ގައި ޑްރައިވިން ލައިސެންސް ޓެސްޓް ހެދުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ބިން ހަވާލުކޮށްފިއެވެ. އެގޮތުން ހަވާލުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ލޮޓް ނަމްބަރު 10909 ގައި ޑްރައިވިން ލައިސެންސް ނެގުމަށް ބޭނުންކުރާ ސަރަހައްދެއް ގާއިމު ކުރުމަށެވެ. މި އެއްބަސްވުމުގެ ދަށުން ކަނޑައެޅިފައިވާ ސަރަހައްދަކީ ޖުމުލަ 20.163.58 އަކަފޫޓުގެ ބިމެއް ކަމަށް އެޗްޑީސީން ހާމަކުރެއެވެ. މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އާއިޝަތު ނަހުލާއެވެ.…
ހުޅުމާލެ ފޭސް 2 ގައި މޮބައިލް ކަވަރޭޖް ރަނގަޅު ކުރަން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން ދިރާގާ ހަވާލުކޮށްފިއެވެ. އެޗްޑީސީން ބުނީ ފޭސް 2 ގެ ޕްލޭން އާއި އެއްގޮތަށް އިތުރު ޓަވަރުތައް ހަރުކުރެވިގެން ދާއިރު މި ޓަވަރުތައް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދިނުމަށް ދާއިރާގައި ހިދުމަތް ފޯރުކޮށްދެމުންދާ އެހެން ކުންފުނިތަކާއި އެކުގައިވެސް މުސްތަގުބަލުގައި އެއްބަސްވުންތައް އެކުލެވިގެން ދާނެ ކަމަށެވެ. އަދި މި ޓަވަރުތަކުގެ އެންމެ ބޮޑު އެއް މަގުސަދަކީ ވަކި ވަކިން ގިނަ ޓަވަރުތަކެއް ކުންފުނިތަކުން ހަރުކުރުމުގެ ބަދަލުގައި…
ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތައް ހުންނަ ހުޅުމާލެ ފޭސް 2 ގައި ކްލިނިކެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. އެޗްޑީސީން ބުނީ ހުޅުމާލެ ފޭސް 2 ގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށައި ކުލި ނަގަން ފަށަންވާއިރަށް ކޮންމެހެން ބޭނުންވާނެ ގިނަ ހިދުމަތްތަކެއް ފޫކޮށްދިނުމުގެ މަސައްކަތްއެ ކޯޕަރޭޝަންގެ ފަރާތުން ދަނީ ކުރަމުން ކަމަށެވެ. އެގޮތުން ވަކިން ހާއްސަކަމެއް ދީގެން ހިޔާ ކޮމާޝަލްގެ ގޮތުގައި ކަނޑައަޅާފައިވާ ޔުނިޓްތަކުގައި ހިދުމަތްތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށް…