ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި މިންގަނޑާ ހިލާފުވެއްޖެނަމަ ފިޔަވަޅު އަޅާނަން!
ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ހަބަރު ޝާއިއު ކުރުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާ ހިލާފުވެއްޖެނަމަ ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވިދާޅުވެއްޖެއެވެ. މީޑިއާ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ވަނީ ކުޑަކުއްޖާގެ މަރުގެ މައްސަލާގައި ރާއްޖޭގެ ބައެއް މީޑިއާތަކުގައި ޝާއިއުކޮށްފައިވާ ބައެއް ހަބަރުތަކަކީ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ މައުލޫމާތު ޝާއިޢު ކުރުމުގައި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާން ކުރާ އުސޫލު އަދި ކުޑަކުދިންނާ ގުޅޭ ހަބަރާ މައުލޫމާތު ހާމަކުރުމުގެ ގައިޑްލައިންތަކާ ހިލާފަށް ޝާއިއުކޮށްފައިވާ ހަބަރުތަކެއްކަމަށެވެ.…