މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 233 މީހުން
މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 233 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުން އަތޮޅު ތެރެއިން މިއަދު ޕޮޒިޓިވްވީ 157 މީހުންނެވެ. މާލެއިން މިއަދު ޕޮޒިޓިވްވީ 31 މީހުންނެވެ. ރިސޯޓްތަކުން ވެސް މިއަދު 45 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިވަގުތު ރާއްޖޭގައި އެކްޓިވްކޭސްގެ ގޮތުގައި 4075 މީހުންގެ އެބަތިއްބެވެ. މުޅި ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 73،327 މީހުންނެވެ. ކޮވިޑް ބަލި ޖެހުމަށްފަހު ރަނގަޅުވެފައިވަނީ 69،031 މީހުންނެވެ.