ކުރު ވާހަކަ: ދަތުރުމަތި
މާލޭގެ ބަނދަރުމަތީގައި ހުއްޓިލައިގެން ހުރެވުނީ ހަލަބޮލި މާހައުލަށް ބަލަހައްޓައިގެންނެވެ. ފުޑް ކޯޓުގެ ކޮންމެ ރެސްޓޯރެންޓެއްވެސް އޮތީ ފުރިފަ އެވެ. އާއިލާތައް ކެއުމުގަ އެވެ. ރަހުމަތްތެރިންނާއެކު ކޮފީގަ އެވެ. އަނގަ މަޖާ ނެގުމާއި ބާރު ހިނިގަނޑުތަކުން ތަނަށް އޮތީ ދިރުން ވެރިވެފަ އެވެ. އޭގެ އަނެއް ފަރާތުން މަގުމަތީގައި ސައިކަލުތަކާއި ކާރުތައް ދުއްވަނީ އެވެ. ކާރޫބާރޫ އެހާ ބޮޑެވެ.