މި ފެށޭ ހަފްތާވެސް ބީއެމްއެލްގެ ގިނަ ހިދުމަތްތައް ދޭނީ އޮންލައިންކޮށް
މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އެ ހަފްތާ ނިމެންދެން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް މާލެ ސަރަހައްދުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުގެ ހިދުމަތް ދިނުމަށް އޮފީސް ހުޅުވި ނަމަވެސް ގިނަ ހިދުމަތްތައް ދޭނީ އޮންލައިންކޮށްކަމަށް އެ ބޭންކުން ބުނެފި އެވެ.