ފްލެޓްތައް ނިންމުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އެޗްޑީސީން އާއްމުކޮށްފި
ހިޔާ ފްލެޓްތައް ނިންމުމުގައި ފްލެޓްވެރިން އަމަލުކުރާނެ ގޮތުގެ އުސޫލު އެޗްޑީސީން އާއްމުކޮށްފިއެވެ. ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އިމާރާތްކޮށްފައިވާ 16 ޓަވަރުގައި ހިމެނެނީ 6720 ފްލެޓެވެ. ފްލެޓްތައް ހަވާލު ކުރުމުގެ މަސައްކަތް އެޗްޑީސީން އަންނަނީ ޖުލައި 14 ވަނަ ދުވަހުން ފެށިގެން ކުރަމުންނެވެ. ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތައް ކުރުމުގެ އުސޫލުގައިވާ ގޮތުން މަސައްކަތް ކުރާ ހުރިހާ މީހުން ތިބެން ވާނީ އެ ކޯޕަރޭޝަނުން ދޫކޮށްފައިވާ ހާއްސަ ފާހެއް އަޅައިގެން ކަމަށާއި…