ދުވާލަކު އެއްފަހަރު ނަމަވެސް ވީއައިއޭގެ މަސައްކަތް ކުރިއަށްދޭތޯ ބައްލަވާ: ސައީދު
ދުވާލަކު އެއްފަހަރު ގޮސްގެން ނަމަވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް ކުރިއަށްދޭތޯ ބެއްލެވުމަށް މާވަށުގެ ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އެދިވަޑައިގެންފިއެވެ. ގައުމީ އެއަރލައިންގެ ހާލަތު ރަނގަޅު ކުރަން ޖޮއިންޓް ވެންޗަރ އެއް ހެދުމަށް ބޭރުގެ ފަރާތްތަކާއި މަޝްވަރާ ކުރައްވާ ކަމަށް ރައީސް ސާލިހު ވިދާޅުވުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވާ މެމްބަރު ސައީދު ވިދާޅުވީ، ބޮޑު މުސާރައިގައި ބޭރު މީހުން ތިބީ ޗުއްޓީގައި ކަމަށެވެ. އަދި ސީޕްލޭން ޓާރމިނަލް ނިމިފައި ހުންނަތާ ދެއަހަރު ވެފައިވާ ކަމަށާއި…