ބިން ވިއްކުމުގެ ހުއްދަ ކައުންސިލްތަކަށްދޭ ބިލްގެ ބަހުސް ފަށައިފި
ބިން ވިއްކުމުގެ ހުއްދަ ކައުންސިލްތަކަށްދޭ ބިލްގެ ބަހުސް މިއަދު ފަށައިފިއެވެ. ސަރުކާރުގެ ފަރާތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އެވެ. މިއީ ދިވެހި ރާއްޖޭގެ ބިމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ ބިލެކެވެ. މި ބިލަކީ ދައުލަތުގެ ބާއެއް ބާރުތައް ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދޫކުރުމަށް ސަރުކާރުން ގާނޫނުތަކަށް ގެންނަ އިސްލާހު ތަކުގެ ތެރެއިން ހުށަހަޅާފައިވާ އިސްލާހެކެވެ. ގާނޫނުއަސާސީ އާއި…