އިންތަކާއި މިންތަކާއި އެއްގޮތަށް ފަތުރުވެރިކަމުގެ ވިޔަފާރި ކުރައްވާ: ޓުއަރިޒަމް މިނިސްޓަރު
އިންތަކާއި މިންތަކާއި އެއްގޮތަށް ފަތުރުވެރިކަމުގެ ވިޔަފާރި ކުރެއްވުމަށް ޓުއަރިޒަމް މިނިސްޓަރު އިލްތިމާސް ކުރައްވައިފިއެވެ. ޓުއަރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑުގެ ނުރައްކާ ރާއްޖޭގައި ނެތްކަމަށް ބަލަން އަދި މާ އަވަސް ކަމަށެވެ. އަދި އިއްޔެވެސް ސައުތު އޭޝިއާގެ 9 މީހުން ޕޮޒިޓިވު ވެފައިވާ ކަމަށާއި މީގެ ތެރޭގައި ބަނގުލާދޭޝް 6 މީހުންނާއި އިންޑިއާ 1 ސްރީލަންކާ 1 އަދި ނޭޕާލްގެ މީހަކު ހިމެނޭ ކަމަށެވެ. އެހެންކަމުން އިންތަކާއި މިންތަކާއި އެއްގޮތަށް ފަތުރުވެރިކަމުގެ…