ހުޅުމާލޭގައި އިންޓަރނޭޝަނަލް ސުކޫލެއް ހަދަން ކުވައިތު ކުންފުންޏަކާއި ހަވާލުކޮށްފި
ހުޅުމާލޭގައި އިންޓަރނޭޝަނަލް ސުކޫލެއް ހަދަން ކުވައިތު ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހުޅުމާލޭގައި އިންޓަރނޭޝަނަލް ސްކޫލެއް އިމާރަތްކޮށް ހިންގުމަށް ހަވާލުކޮށްފައިވަނީ އަލްޖެރީ ހޯލްޑިންގ ގްރޫޕާއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އާއިޝަތު އަލީއެވެ. އަދި އަލްޖެރީ ހޯލްޑިންގ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއަރމަން ޠަލާލް ހަލީފާ އަލް ޖެރީއެވެ. މިނިސްޓްރީން ހާމަކުރާ ގޮތުގައި މި ސުކޫލުގައި ކިޔަވައިދޭނީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން…