އދ. ގެ އާންމު މަޖިލީހަށް ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު، އދ ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާގެ ނިއުޔޯކަށް ފުރައިވަޑައިގެންފި އެވެ.
ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު، އދ ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާގެ ނިއުޔޯކަށް ފުރައިވަޑައިގެންފި އެވެ.
ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މޮނިޓަރިންއަށް ލާފައިވާ ރަށްތަކުގެ އަދަދު 20 އަށް ތިރިވެއްޖެ އެވެ.
ސިއްސައިގެން ދިޔައީ ހެލްތު މިނިސްޓްރީގެ އިސް ބޭފުޅަކު ރައްޔިތުންގެ މަޖިލީހާއި ހިއްސާކުރި މައުލޫމާތުކޮޅަކުންނެވެ. "މާލޭޣައި މެތު ވަރަށް އާންމުވެއްޖެ. ހިލޭ ލިބޭ މިންވަރަށް މެތު އާންމުވެއްޖެ" މިއީ އާދައިގެ ކަމެއް ނޫނެވެ.
ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، ފިޔަވަތީގައި އިއްޔެ ހަމަނުޖެހުން ހިނގައި އަލިފާނުގެ ހާދިސާ ހިނގިއިރު ޖެންޑާ މިނިސްޓްރީގެ މުވައްޒަފުން އެތަނުގައި ހަރަކާތްތެރިވަމުން ދިޔަކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ހުޅުމާލޭގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބަލަހައްޓާ ފިޔަވަތީގައި އުފެދިގެން އުޅެނީ ކޮން ކަހަލަ މައްސަލަތަކެއްތޯ މުޖުތަމައަށް އެނގުން ވަރަށް މުހިންމު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޝަހީމް ވިދާޅުވީ، އެތަނުގައި ތިބި ކުދިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން ޖެހޭ ކަމަށާއި އިތުރު އޯގާތެރިކަން ދިނުން މުހިންމު ކަމަށެވެ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ މިއަދު ހަވީރުން ފެށިގެން ފިޔަވަތީގެ ފުރާޅު މަތީގައި ކުދިންތަކެއް…
ކަސްޓަމްސް ނޯތް ރީޖަނަލް ހެޑް އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ. މި އިމާރާތް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީއެވެ. މި ރަސްމިއްޔާތުގަިއ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ކުޅުދުއްފުށި ސިޓީގައި ގާއިމު ކުރެވުނު ނޯތް ރީޖަނަލް އޮފީހުގެ ސަބަބުން ސަރަހައްދީ ބަނދަރުތަކުން މުދާ ކްލިއަރ ކުރުމަށް ހޭދަވާ ވަގުތު ކުޑަވެ ވިޔަފާރީގެ ހަރަދު ކުޑަވުމުގެ އިތުރުން، ރައްޔިތު މީހާ އަށް ހެޔޮ އަގުގައި ތަކެތި…
ކޮވިޑް ބަލީގައި ރާއްޖެއިން އިތުރުހަކު މީހަކު ނިޔާވެއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ މިއަދު މެންދުރު 13:28ގައި ނިޔާވެފައިވަނީ 87 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މި މީހާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ މީހެއް ކަމަށް އެ އެޖންސީން ހާމަކުރެއެވެ. މިހާތަނަށް މިބަލީގައި ރާއްޖެއިން ވަނީ 229 މީހުން ނިޔާވެފައެވެ. ކޮވިޑް ބަލީގައި ރާއްޖެއިން ވަނީ އިއްޔެ ވެސް މީހަކު ނިޔާވެފައެވެ. އިއްޔެ ނިޔާވެފައިވަނީ 89 އަހަރުގެ ފިރިހެނެކެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި…
ފިޔަވަތީގައި ތިބި ކުޑަ ކުދިން ފުރާޅުމަތީގައި އުޅޭތީ، ފުލުހުން އެ ސަރަހައްދު ބަންދުކޮށްފިއެވެ. އެ ސަރަހައްދުގައި ހުރި މީހަކު ބުނީ ފިޔަވަތީގައި މިވަގުތު ތިބީ މަދު ކުދިންތަކެއް ނަމަވެސް އެކުދިން މިއަދު ހަވީރުވެސް ފުރާޅު މައްޗަށް އަރާ އުޅުނު ކަމަށެވެ. އަދި މިހާރުވެސް ގިނަ ކުދިންތަކެއް ފުރާޅު މަތީގައި ތިބުމުން ފުލުހުން އެ ސަރަހައްދު ބަންދު ކުރީ އެތަނުގައި ތިބި ކުދިން ފިލާގެން ހިނގާދާނެތީ ކަމަށް ބެލެވޭ ކަމަށެވެ. މިހާރަކަށް އައިސް ސަރުކާރުގެ ބެލުމުގެ ދަށުގައި ކުދިން…