ދައުލަތުގެ ލޮޖިކް: ޔާމީން ޖަލަށް ލާން ހުރިހާ ވަގުންގެ އެހީ ބޭނުން
ރާއްޖޭގެ ތާރީހުގައިވެސް މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ހިންގާފައިވަނީ 2013 ވަނަ އަހަރާއި 2015 ވަނަ އަހަރާއި ދެމެދު އެވެ. ސަރުކާރު ހިއްސާވާ ކުންފުނި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި އެ ހިޔާނާތަކީ އެއްވެސް މީހަކަށް މިހާރު ސިއްރުވެފައި އޮތްކަމެއް ނޫނެވެ. އެކަން ހިނގައިދިޔަ ގޮތާއި އޭގެން މަންފާ ލިބުނު ފަރާތްތައްވެސް ގިނަ މީހުންނަށް މިހާރު އިނގެ އެވެ.