ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން އިތުރުން 3 މީހަކަށް ދައުވާކޮށްފި
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން އިތުރު 3 މީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ. އެގޮތުން ދައުވާ ކުރަން ޕީޖީ އޮފީހުން ފޮނުވާފައިވަނީ، ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީއާއި، އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމްގެ އިތުރުން މ. ކުދެހިގެ، އިސްހާގުގެ މައްޗަށެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ މިއަހަރުގެ މެއި މަހުގެ 6 ގައި ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާ އާއި ގުޅިގެން އިތުރު ބައެއްގެ…