ދަރަނި ކޮންޓްރޯލް ކުރަން ފިޔަވަޅު އަޅަނީ
ދައުލަތުގެ ދަރަނި ބޮޑުވަމުން ދާތީ އެކަން ކޮންޓްރޯލްކުރަން ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ދައުލަތުގެ ދަރަނި ބޮޑުވަމުން ދާތީ އެކަން ކޮންޓްރޯލްކުރަން ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
މެންޓަލް ހެލްތު ދާއިރާއިން މީހުން ބިނާކުރުމުގެ ސްކޮލަޝިޕްތަކަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.
ކުއްލި ގޮތަކަށް ގައިދީއަކު ނިޔާވި ހާދިސާގެ ޓައިމްލައިން ހޯމް މިނިސްޓްރީން އާންމުކޮށްފިއެވެ. ހޯމް މިނިސްޓްރީން ބުނީ ރޭ އިރާކޮޅު ހުޅުމާލޭ ޖަލުގައި ގައިދީއަކު ނިޔާވުމާ ގުޅިގެން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސަސް ގެންދަވަނީ އެމައްސަލަ ތަހުޤީޤު ކުރައްވަމުން ކަމަށެވެ. އަދި ސީީސީޓީވީ ފޫޓޭޖް، ޖަލު އޮފިސަރުން އަދި ގައިދީން ދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހާދިސާ ހިނގާދިޔަގޮތުގެ ޓައިމްލައިން އެއް އެ މިނިސްޓްރީގެ ރަސްމީ ޓުވިޓަރ އެކައުންޓުން ވަނީ އާއްމުކޮށްފައެވެ. ހޯމް މިނިސްޓްރީން ޓައިމް ލައިން އާއްމުކޮށްފައިވަނީ…
ސަރުކާރުގެ އޮފީހަކަށް، އާންމު ރައްޔިތަކު ހުށަހަޅަން ބޭނުންވާ ކަންކަމާއި، ސަރުކާރުގެ ހިދުމަތްތަކާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ފަސޭހަކަމާއެކު ހުށަހެޅުމުގެ ދޮރު، 24 ގަޑިއިރު ހުޅުވިފައި ހުރުމާއެކު ކަމެއް ހުށަހެޅުމަށްޓަކައި އޮފީހަކަށް ދާން ދެން ނުޖެހޭނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ހިދުމަތުގެ ބޭނުމަކީ އޮފީސް ބަންދުކޮށްފައި ހުރުމުން، ހުށަހަޅަން ބޭނުންވާ ކަމެއް ހުށަނޭޅި ހުންނަން ނުޖެހުން ކަމަށާއި…
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށި ހަ ވަނަ ހަފްތާގެ ކިޔެވުން ކުރިއަށްދާއިރުވެސް ރާއްޖޭގެ ބައެއް ރަށްރަށުގެ ބައެއް ގްރޭޑްތަކުގެ އިސްލާމް ފޮތްތައް ނުލިބުމަކީ ހިތާމ ހުރި ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސުކޫލްތަކުގެ ކިޔެވުން ފެށުނުއިރު ފޮތްތައް ނުލިބުމުގެ ޒިންމާ ނަންގަވަން ތިއްބެވި ފަރާތްތައް ޒިންމާދާރު ކުރުވަން ޖެހޭ ކަމަށެވެ. މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާފައިވަނީ އޮގަސްޓް މަހުގެ…
ޖަލުތަކާއި ފުލުހުންގެ ތެރޭގައި ހުރި މައްސަލަތައް ހައްލު ކުރެވޭނީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ ހޯމް މިނިސްޓަރަކު ހުރެގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.
އދ ގެ ސުލްހައާއި ތަރައްގީ އާއި ބެހޭ އެޑްވައިޒަރު ފާޑިނާންސް ވޮން ހަސްބާގް ތޮލުރިންގެންއާ އިދިކޮޅު ޕީޕީއެމްއިން މިއަދު ބައްދަލުކޮށްފި އެވެ.
ރާއްޖެ ގޮއްވައިލާނެކަމަށް ބުނެ ފުލުފުލުގައި ބޮމުގެ އިންޒާރާއި މަރުގެ އިންޒާރުތައް ދެމުން ގެންދާއިރު އެކަން ސަރުކާރުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ނުނަގާތީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.