އުކުޅަހު ރައްޔިތުން އެންމެ ބޭނުންވަނީ އެރަށުގެ ބިން ހިއްކަން ކަމަށް ރައީސް އަށް ދަންނަވައިފި
އއ އުކުޅަހު ރައްޔިތުން އެންމެ ބޭނުންވަނީ އެރަށުގެ ބިން ހިއްކަން ކަމަށް، ކައުންސިލުން ރައީސް އަށް ދަންނަވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކައުންސިލުން އުކުޅަހުގެ ތަރައްގީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މައުލޫމާތާއި، ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. އެގޮތުން ރައްޔިތުންނަށް އެންމެ ބޭނުންވާ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއެވެ. އަދި ރަށުގެ މަގުތައް ހަލާކުވެފައިވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮޖެހުންތަކާއި، ފެރީ…