ސަނީ ލިއޯނީގެ ފޮޓޯތަކުން ރާއްޖޭގެ ރީތިކަން
ބޮލީވުޑް ތަރި ސަނީ ލިއޯނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދާއިރު އޭނާގެ ފޮޓޯތައް އިންޓަނެޓުގައި ވައިރަލްވަމުން އެބަ ދެ އެވެ.
ބޮލީވުޑް ތަރި ސަނީ ލިއޯނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދާއިރު އޭނާގެ ފޮޓޯތައް އިންޓަނެޓުގައި ވައިރަލްވަމުން އެބަ ދެ އެވެ.
މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ ރާއްޖޭގައި އާދަޔާ ހިލާފަށް ސަލާން ޖަހާތަން ކަމަށާއި މިއަދު ސަލާން ޖަހާވަރަށް އާއިލާތަށް ބިކަވެފައި ތިބިކަން އިޙްސާސްވާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށް ގެންދިޔަ އައްޑަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ، މިއަދު މަސްވެރި އަތޮޅަކަށް ދިޔައީމަ މަސްވެރިން އުޅޭ ހާލު އެނގިގެންދާ ކަމަށާއި ތެލުގެ އަގު ބޮޑުކޮށް ބަހައްޓާ މަސް ގަންނަ އަގު ކުޑަކުރަނީ ކަމަށެވެ. އަދި ކޮވިޑްގެ ބަލިމަޑުކަމުގެ…
ދިވެހި ރާއްޖޭގެ ޝަރުއީ ނިޒާމު މިއަދު އޮތީ ނަޖިސްވެފައި ކަމަށާއި މުޅި ދިވެހިރާއްޖެއަށް މިވަނީ ޝަރުއީ ދާއިރާގެ ނަޖިސް ވަސް ފެތުރިފައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އިން މިރޭ ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ ޖަމީލް ވިދާޅުވީ، އަދާވާތްތެރިން ކިތަންމެ ވަރަކަށް ވާހަކަތައް ފެތުރުއަސް 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ޔާމީން ވަޑައިގަންނަވާނެ ކަމަށާއި އައްޑޫގައިވެސް އަދި…
މިއަދު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ 179 މީހުން އެޗްޕީއޭއިން ބުނެފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 42 މީހުންނެވެ. އަތޮޅު ތެރެއިން މިއަދު ޕޮޒިޓިވްވީ 120 މީހުންނެވެ. ރިސޯޓްތަކުން ޕޮޒިޓިވްވީ 17 މީހުންނެވެ. މިވަގުތު ރާއްޖޭގައި ކޮވިޑް ބަލީގެ 1966 މީހުން އެބަތިއްބެވެ. ޖުމުލަ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 81،653 މީހުންނެވެ. މިވަގުތު 25 މީހުންނަށް ދަނީ ހޮސްޕިޓަލްތަކުގައި އެޑް މިޓް ކޮށްގެން ފަރުވާ ދެމުންނެވެ. 226…
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ "އައްޑަނަ" ޖަލްސާ ފަށައިފިއެވެ. އަލިމަސް ކާނިވަލުގައި މި ޖަލްސާ މިރޭ 9 ޖެހިއިރު ފަށާފައިވަނީ ޕީޕީއެމް ޕީއެންސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު އެވެ. އިދިކޮޅު ފަރާތްތަކުން މިފަދަ ޖަލްސާއެއް ބާއްވަމުން މިދަނީ ގިނަ ބަޔަކު އެއްވެގެން މިފަދަ ޖަލްސާއެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. މިޖަލްސާގައި ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ގިނަ ފަރާތްތަކެއް ދަނީ ބައިވެރިވަމުންނެވެ. ކޮވިޑް19ގެ ބަލިމަޑު ކަމާ ގުޅިގެން ގިނަ ބަޔަކު އެއްވެ އުޅޭ…
ޕްރޮޖެކްޓްތަކުގެ ނަން ބަދަލުކުރުމަކުން ވައުދެއް ނުފުދޭނެ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަުދ ސައީދު ވިދާޅުވެއްޖެއެވެ. މެމްބަރު ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ނަން ބަދަލުކޮށްގެން، އެއީ މިސަރުކާރުން ކުރިކަމެއްކަމަށް ދައްކަން މަސައްކަތް ކުރިނަމަވެސް އެއީ ވެފައިވާ ވައުދު ފުއްދުންކަމަށް ނުވާނެކަމަށެވެ. ސައީދު ވިދާޅުވީ، ރައްޔިތުންގެ ބޯހިޔާވަހިކަމަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް އެއްވެސް މަސައްކަތެއް ކުރަމުންދާތަން ނުފެންނަ ކަމަށެވެ. ސައީދު ވިދާޅުވީ ހުޅުމާލޭގައި…
ގުޅީފަޅުން މާލޭ ރައްޔިތުންނަށް ގޯތިދެވިދާނެގޮތުގެ ޕްލޭން މޭޔަރ ޑރ. މުހައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ. މާލޭ ސިޓީގެ ގެދޮރުވެރިކަމާބެހޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުން މާލޭ ސިޓީ ކައުންސިލުން ވަނީ ރޭ ބާއްވައިފައެވެ. މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި، އެކްޝަން ޕްލޭނަށް ޚިޔާލު ހޯދުމުގެ އަވަށު ބައްދަލުވުންތައް ބޭއްވުމަށްފަހު ގެދޮރުވެރިކަމާބެހޭގޮތުން ޚިޔާލު ހޯދުމަށް ބޭއްވި މި ބައްދަލުވުން އޮތީ 2 ސެޕްޓެމްބަރ 2021 ވަނަދުވަހުގެރޭ އިމާދުއްދީން ސްކޫލު ހޯލުގައެވެ. މިބައްދަލުވުމުގައި…
ހުޅުމާލެ ފޭސް 2 އެއްގެ ބަސް ސްޓޮޕްތައް ދެ ހަފުތާތެރޭ ނިމޭނެ ކަމަށް އެޗްޑީސީން ބުނެފިއެވެ. ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނީ ފޭސް 2 އެއްގެ ބަސް ސްޓޮޕްތައް ހެދުމުގެ ނުވަދިހަ އިންސައްތަ މަސައްކަތް މިހާރުވަނީ މުޅިން ނިމިފައި ކަމަށެވެ. އެގޮތުން ބަސް ސްޓޮޕްތަކުގެ އޮނިގަނޑުގެ މަސައްކަތް ނިންމާ، މިހާރު ކުރަމުންދަނީ ކަރަންޓު ގުޅުމާ ފިނިޝިން މަސައްކަތްތަކެއް ކަމަށާއި މިމަހުގެ މެދުތެރެއާ ހަމައަށް، ބަސް ސްޓޮޕްތަކުން ހިދުމަތް ފެށޭވަރަށް ބަސް ސްޓޮޕްތަކުގެ މަސައްކަތް ނިމޭނެކަމަށް އެޗްޑީސީން…