ޅެމުން ދޭފަރުވާއަށް "ޅެން ފަރުވާ"ގެ ނަންދީ، އިލްމީ ދިރާސާކުރުން ޔުނިވަރސިޓީއަށް
ޅެމުން ނަފްސާނީ ބައްޔަށް ދޭ ފަރުވާއަށް "ޅެން ފަރުވާ"ގެ ނަންދީ، އެކަމަށްޓަކާ ކުރަންޖެހޭ އިލްމީ ދިރާސާކުރުމުގެ މަސައްކަތް ގައުމީ ޔުނިވަރސިޓީއާއި ހަވާލުކުރުމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ. ޅެމުން ނަފްސާނީ ބައްޔަށް ފަރުވާދިނުން ތައާރަފް ކުރުމުގެ ވިސްނުން ގެންގުޅެމުން އަންނަކަން މިނިސްޓަރ އާދަމް ނަސީރު ހާމަކުރެއްވީ މިއަހަރުގެ ޅެންވެރިންގެ ދުވަހު ވާހަކަ ދައްކަވަމުންނެވެ. ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަދު ބުނީ ޕޮއެޓްރީ ތެރަޕީގެ ދިވެހި ނަމެއްގެ ގޮތުގައި "ޅެން ފަރުވާ"…