އާންމު މަޖިލީހުގެ ނިންމުމަށް ރައީސްގެ ތައުރީފް
ފަލަސްތީނަށް ޔޫއެން މެމްބަރުންކަން ދިނުމާމެދު އަލުން ވިސްނުމަށް ސެކިއުރިޓީ ކައުންސިލަށް ގޮވާލާ ގަރާރު ޔޫއެންގެ އާންމު މަޖިލީހުގެ ބޮޑު އައުލަބިއްޔަތަކުން މިއަދު ފާސްކުރުމާއި ގުޅިގެން އާންމު މަޖިލީހުގެ އެނިންމުމަށް ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ. އަދ. އިން މިއަދު މި ގަރާރު ފާސްކުރުމާއި ގުޅިގެން ރައީސް މުއިއްޒު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މިއަދު، އދ.ގެ ޢާންމު މަޖިލީހުގެ 10 ވަނަ ކުއްލި ޚާއްޞަ ޖަލްސާގައި، ފަލަސްޠީނުގެ ރައްޔިތުން ޢަދުލުއިންޞާފު ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގައި، ތާރީޚީ ކާމިޔާބީއެއް ފެނިގެން ހިނގައްޖެ ކަމުގައެވެ. މި ސެޝަންގައި އދ.އަށް އަލަށް މެންބަރުން ވެއްދުމާ ބެހޭ ގަރާރު ފާސްކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އެޅި މުހިންމު ފިޔަވަޅަށް ތައުރީފު ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންނަކީ، ފަލަސްޠީނުގެ އަމިއްލަ އިޚްތިޔާރުގެ ޙައްޤު ކަށަވަރުކުރުމަށް ދިގު ޒަމާންތަކެއް ވަންދެން އުއްމީދު ކުރަމުންދާ ބައެއް ކަމަށާއި، ދިވެހިރާއްޖެއާއި ރައްޔިތުން ހިތްވަރު ލިބިގަންނަނީ އެމީހުންގެ ޖެހިލުން ކުޑަކަމައި ހިތްވަރުން ކަމުގައެވެ. އަދި ފަލަސްޠީނުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަލަސްޠީނުގެ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގާއިމް ކުރުންމަތީ ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށްވެސް ރައީސް…