މީޑިއާ ވިލެޖު ގާއިމް ކުރަން ބޭނުންވާ ބިން ހުޅުމާލެއިން ހަމަޖައްސައިފި
މީޑިއާ ވިލެޖު ގާއިމް ކުރަން ބޭނުންވާ ބިން ހުޅުމާލެއިން ހަމަޖައްސާފައިވާކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ވަނީ ނޫސްވެރިންނާއި މީޑިއާތަކުގެ ކުރިއެރުމަށް ހުރި ދަތިތައް އިޙުސާސްކުރެއްވޭ ކަމުގައި ވިދާޅުވެފައެވެ. 2023 ގެ ރިޔާސީ އިންޚާބު ކާމިޔާބު ކުރެއްވުމަށްފަހު، ރައީސް ޑރ މުޙައްމަދު މުއިއްޒު، އިންތިގާޤާލީ މަރުޙަލާގެ ތެރޭގައި، ނޫސްވެރިންނާ ބައްދަލު ކުރެއްވުމަކީ، ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ރައީސަކު ނޫސްވެރިންނާ ގާތް ގުޅުމެއް އުފެއްދެވުމަށްޓަކައި މަސައްކަތްޕުޅު ކުރެއްވިތަން ފެނިގެންދިޔަ ކަމެއްކަން ނައިބު ރައީސް…