އިޒްރޭލުގެ އަމަލުތައް ބަލަން ދުނިޔެ ހިމޭނުން ތިބެގެން ނުވާނެ: ރައީސް މުއިއްޒު
އިޒްރޭލުގެ އަމަލުތައް ބަލަން ދުނިޔެ ހިމޭނުން ތިބެގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވީ އިޒްރޭލުން ރަފާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް އިޝާރާތްކުރައްވާފަ އެވެ. އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުގައި އާދީއްތަ ދުވަހުން ފެށިގެން ގައްޒާގެ ދެކުނު ސަރަހައްދަށް އިންސާނީ އެހީ ވަނުން އިޒްރޭލުން ހުއްޓުވާފައި ވެއެވެ. އަދި އިޒްރޭލުގެ ވަޒަންވެރިން ދަނީ އެހީގެ ގާފިލާތަކަށް ހުރަސް އެޅުމުގެ ގޮތުން…