ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދީފި
މީގެ ކުރިން 6 ބުރިއަށް އިމާރާތް ކުރެވޭ ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދެވޭ ގޮތަށް ހަމަޖައްސައިފި އެވެ. މާލެ ޕްލޭނިން ގަވައިދަށް ގެނައި ހަތްވަނަ އިސްލާހުގައި ވަނީ އިމާރާތް ކުރުމުގެ ގަވައިދަށް ބައެއް އިސްލާހުތައް ގެނެސްފައެވެ. ދިހަ ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދިން ނަމަވެސް އެއްވެސް ޢިމާރާތެއްގެ އުސްމިން 30.48 މީޓަރަށްވުރެ އުސްވެގެން ނުވާނެ ކަމަށް ގަވައިދުގައިވެއެވެ. މިގޮތަށް 10 ބުރިޔާ ހަމަޔަށް ހެދޭނީ އިމާރާތް ހަދާ ގޯތީގެ ބޮޑުމިން 2000 އަކަފޫޓަށްވުރެ ކުޑަ ނޫންނަމައެވެ.…