ފުރަތަމަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 195 މިލިއަން ރުފިޔާއަށް
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް ލިބު ސާފު ގައިދާ 195 މިލިއަން ރުފިޔާއަށް އަރާކަމަށް އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއީ ފާއިތުވި އަހަރުގެ ފަހު ކުރާޓަރުގައި އެ ކުންފުންޏަށް ލިބުނު 182.6 މިލިއަން ރުފިޔާއަށް ވުރެ 6.8 ޕަސެންޓް އިތުރު އަދަދެކެވެ. އެހެންމަވެސް އެސްޓީއޯގެ މިއަަހަރުގެ ފުރަތަމަ ކުއާޓަރުގެ ސާފު ފައިދާވަނީ ފާއިތުވެދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 27.9 ޕަސެންޓް ދަށަށް ގޮސްފައެވެ. ފާއިތުވި އަހަރުގެ އެސްޓީއޯގެ ފުރަތަމަ ކުއާޓަރުގެ ސާފު ފައިދާއަކީ 270…