އިންޑޮނޭޝިއާ: "މައުންޓް އިބޫ" ގޮވާތީ ފަރުބަދަ ކައިރި ހިސާބުތަކުގެ މީހުން ހުސްކޮށްފި
އިންޑޮނޭޝިއާގެ ހަލްމަހޭރާގައި އޮންނަ އަލިފާން ފަރުބަދަ, "މައުންޓް އީބޫ" ގޮވަން ފެށުމާ ގުޅިގެން, އެ ފަރުބަދަ ކައިރި ހަތް ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. އިންޑޮނޭޝިއާގެ ކާރިސާތަކާ ބެހޭ އިދާރާގެ އިސް އޮފިޝަލެއް ކަމުގައިވާ ޢަބްދުލް މުހާރީ ވިދާޅުވީ އެ ފަރުބަދަ ވަށައިގެންވާ ހިސާބުތަކުން މީހުން ނެރުމަށް އިންޑޮނޭޝިއާގެ ފުލުހުންނާއި އަސްކަރިއްޔާގެ އިތުރުން ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ބައިވެރިވަމުންދާ ކަމަށެވެ. އިންޑޮނޭޝިއާގެ އަލިފާން ފަރުބަދަތަކާ ބެހޭ އިދާރާއިން ބުނީ, "މައުންޓް…