ސަރުކާރުގެ 12 ކުންފުންޏަކަށް ބޯޑު ޑިރެކްޓަރުން އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ 12 ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރުން އައްޔަންކޮށްފިއެވެ. ޕީސީބީއިން މިއަދު ކުރި އިއުލާނެއްގައި ވަނީ, 7 މާޗުން 14 މެއިގެ ނިޔަލަށް ކުންފުނިތަކުގެ ބޯޑަށް ގެނެސްފައިިވާ ބަދަލުތައް އާންމުކޮށްފައެވެ. އޭގެ ތެރޭގައި ސަރުކާރުން އަލަށް އުފައްދާފައިވާ މޯލްޑިވްސް ފިޝަރީޒް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް ވެސް ބޭފުޅުން އައްޔަންކޮށްފައިވެއެވެ. މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށާއި މަސްވެރި އުފެއްދުންތައް އިޝްތިހާރު ކުރުމަށް މިދިޔަ ފެބްރުއަރީ މަހު އުފެއްދި ކުންފުންޏަށް އައްޔަންކުރި ފަސް ބޭފުޅުންނަކީ: އަހްމަދު ޒަރީރު…