ސްޓެލްކޯއިން މި މަހުގެ ބިލަށްވެސް ރަމަޟާން މަހުގެ ޑިސްކައުންޓް ދޭން ނިންމައިފި
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ މިމަހުގެ ކަރަންޓް ބިލަށް ސަރުކާރުން ވައުދުވި ރަމަޟާން މަހުގެ ޑިސްކައުންޓް ލިބިގެންދާނެކަމުގައެވެ. ސްޓެލްކޯއިން މިކަން އިއުލާން ކޮށްފައިވަނީ ރަމަޟާން މަހު ކަރަންޓު ބޭނުންކުރާ މިންވަރުބޮޑުކަމަށް ބުނެ ކުރީގެ ބިލަށް ސަރުކާރުން ޑިސްކައުންޓެއް ދީފައި ވަނިކޮށް، މި މަހު ކަރަންޓުބިލު ބޮޑުވުމާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތަކާއި ނުރުހުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދާއެއްގޮތަށް ރަމަޟާން މަހު…