ރައީސް ނިއުދިއްލީ އަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެގައުމުގެ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެންފި އެވެ. އެމަނިކުފާނު އިންޑިއާއަށް ވަޑައިގެންނެވީ އެ ގައުމުގެ ބޮޑުވަޒީރުގެ ދައުވަތަކަށެވެ. އިންޑިއާއަށް ރައީސް ވަޑައިގެންނެވުމުން އިންދިރާ ގާންދީ އިންޓަރނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް ހިންގުމާ މިވަގުތު އެންމެ އިސްކޮށް ހަވާލުވެ ހުންނެވި މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ސެކްރެޓަރީ ޕަވަން ކަޕޫރާއި އިންޑިއާއަށް ރާއްޖެއިން…