ސިނަމާލެ ބްރިޖްގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާ މީހަކު މަރުވެއްޖެ
ސިނަމާލެ ބްރިޖްގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ އިންޑިއާ މީހަކު މަރުވެއްޖެއެވެ. ފުލުހުން ބުނީ މަރުވެފައިވަނީ އިންޑިއާ ފިރިހެނެއް ކަމަށާއި، އޭނާ މަރުވެފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. ފުލުހުން ބުނީ، އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައީ މަސައްކަތުގައި އުޅެނިކޮށް ބޮލަށް އެނބުރުން އަރައިގެން ކަމަށެވެ. އަދި، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ ނިޔާވެފައިވާކަމަށް ޓްރީޓޮޕް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.