ރައީސް، މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައިފި
ރައީސް ޑރ މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އާއި މިއަދު ބައްދަލުކުރައްވައިފި އެވެ. އެ ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. އެ ބައްދަލު ކުރެއްވުމުގައި މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް އަދި ޕީއެންސީ ޕާލަމެންޓަރީ ގްރޫޕު ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ރައީސް އާއި މަޖިލީހުގެ ރައީސް، ވަނީ މިވަގުތު ދިވެހިރާއްޖޭގެ ކަންކަން ބާރު…