ދިވެހިން ތަމްރީނު ކުރަން ޗައިނާގެ އޯޝަން ޔުނިވާސިޓީއިން ޝައުގުވެރިކަން ފާޅުކޮށްފި
މެރިން ޝައިންސްގެ ދާއިރާއިން ފާހަގަކޮށްލެވޭ ޗައިނާގެ ޝަންހާއީ އޯޝަން ޔުނިވާސިޓީން ދިވެހިން ތަމްރީނު ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފިއެވެ. ޝަންހާއީ އޯޝަން ޔުނިވާސިޓީއިން އެ ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ފިޝަރީޒް މިނިސްޓްރީއާއެކު މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި، ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ބައިވެރިވަޑައިގަތީ، ސްޓޭޓް މިނިސްޓަރު ޑރ. އަމްޒަތު އަހުމަދާއި ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޝާފިއެވެ. އަދި ޝަންހާއީ އޯޝަން ޔުނިވާސިޓީގެ ފަރާތުން އެ ޔުނިވާސިޓީގެ ޗެއާމަން، ވަންގް ހޮންޒޫއާއި އެ ޔުނިވާސިޓީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތެވެ.…