ރައީސުލްޖުމްހޫރިއްޔާ، ޖޭއެސްސީއަށް ދެ މެންބަރުން އައްޔަން ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)އަށް ދެ މެންބަރުން ޢައްޔަން ކުރައްވައިފި އެވެ. ޖޭއެސްސީއަށް މިއަދު ޢައްޔަންކުރެއްވި ދެ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ލ.ފޮނަދޫ، އަރާއިރު، ޢަބްދުއްރަޙީމް ޢަބްދުﷲއާއި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ކ.ގުރައިދޫ، ޝީވީޑް ޙުސައިން ރިޟާ އާދަމެވެ. ޢަބްދުއްރަޙީމް ޢަބްދުﷲ ޢައްޔަންކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޙުސައިން ރިޟާ ޢައްޔަންކުރައްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން…