ހަރަދު ކުޑަ ކުރުމަށް މިނިވަން ދުވަހުގެ ގިނަ ހަރަކާތްތައް ނުބާއްވަން ރައީސް ނިންމަވައިފި
ހަރަދު ކުޑަ ކުރުމަށް މިނިވަން ދުވަހުގެ ގިނަ ހަރަކާތްތައް ނުބާއްވަން ރައީސް ނިންމައިފިއެވެ. މިކަން ހާމަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސް ގައި ޕޯސްޓްއެއް ކުރައްވާފައިވެއެވެ. މި ޕޯސްޓްގައި ރައީސް ވިދާޅުވީ ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި ވާ ކަމަށާއި އޭގެތެރޭގައި ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށެވެ. https://x.com/MMuizzu/status/1806367068062876139 އޭގެ ތެރޭގައި، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަަފްލާތަކަށް ކުރާ…